May 5, 2026
Advertisement
ނާއިފް ޝައުކަތް
ނާއިފް ޝައުކަތް / ތޭރަ އޮންލައިން

ނާއިންސާފާ ނުހައްގުން ކަންތައްތައް ކުރާމީހެއްގެ ފަަހަތުގައި މަސައްކަތް ކުރާކަށް ބޭނުމެއް ނޫން: ނާއިފް

Fathmath Reem
ފާތުމަތު ރީމް
Jan 26, 2024, 05:31 PM
މާލެ ސިޓީ

ނާއިންސާފާ ނުހައްގުން ކަންތައް ކުރާ މީހެއްގެ ފަހަތުގައި މަސައްކަތް ކުރަން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް)ގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ނާއިފް ޝައުކަތް ވިދާޅުވެއްޖެއެވެ.

Advertisement

ނާއިފް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ޓިކެޓުގައި ރައްޔިތުން މަޖިލިހަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނާއިފް ވިދާޅުވީ ނާއިންސާފާ ނުހައްގުން އަމަލުތައް ބައްޓަން ކުރާ މީހެއްގެ ފަހަތުގައި މަސައްކަތް ކުރަން ބޭނުން ނުވާކަމަށާ އަބަދުވެސް ހުންނާނީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށެވެ.

އަޅުގަނޑު ގަބޫލެއް ނުކުރަން ނާއިންސާފާ ނުހައްގުން ކަންކަން ކުރާމީހެއްގެ ފަހަތުގައި މަސައްކަތް ކުރާކަށް. އެހެންވެ އަޅުގަނޑު އަބަދުވެސް މި ހުންނަނީ ރައީސް ޔާމީން ފަހަތުގައި.

ނާއިފް ޝައުކަތް

މީގެ އިތުރުން ނާއިފް ވިދާޅުވީ އޭނާއަކީ ޑީލަކަށް ވިކޭނެ މީހެއް ނޫން ކަމަށެވެ. އަދި ހަމައެހެންމެ ރައީސް ޔާމީނަށް ފުރަގަސް ދިންނަމަ އޭނާ މިއަދު ހުންނާނީ މިނިސްޓަރެއްގެ މަގާމުގައި ކަމަށްވެސް ނާއިފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved