theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ދަރުބާރުގޭގައި ގާއިމުކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒު. / ރާއްޖެއެމްވީ
ވިޔަފާރި
މަޖިލިސް އިންތިހާބުގައި ވޯޓުލާނެ މަރުކަޒުތައް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
26 ޖެނުއަރީ 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ގެ ވޯޓުލާނެ މަރުކަޒުތަކެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރި އިއުލާންގައި ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި މާލޭގެ ދެ ސަރަހައްދެއްގައި ޓެންޓު ޖަހައިގެން ވޯޓުލާ 40 މަރުކަޒު ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބީލަން ފެށޭނީ ފެބްރުއަރީ ހަތަރު ވަނަ ދުވަހު ކަމަށް އީސީއިން ހާމަކޮށްފައިވެއެވެ.

ކޮމިޝަންގެ އިއުލާނު ގައި ބީލަމުގެ ޝަރުތުތަކާއި އެ ނޫން މުހިންމު މައުލޫމާތުތައް ހިމަނާފައިވެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 1 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެކަމަށްވެސް އީސީއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved