ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު އައީ އާދަޔާ ހިލާފް ބޭކާރު ވައުދު ވެގެން ކަމަށް ކުރީގެ ދާހިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީ ގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އުމަރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު އައީ ބޭކާރު ވައުދުތަކެއް ވެގެންކަމަށެވެ.
އެގޮތުން ދެ އެއާޕޯޓް ދޭތެރޭ އެއާޕޯޓް އެޅުމަކީ ވެސް ބޭކާރު ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ އުމަރު ވިދާޅުވީ ރައީސް މުއިއްޒުގެ ކޮއްކޯފުޅުގެ ދާއިރާގައި ވެސް އެއާޕޯޓް އަޅަންވީ ވައުދަކީ އެއްވެސް ހާލަތެއްގައި ފައިދާވަނިވި ކަމެއް ނޫން ކަމަށެވެ.
އިތުރަށް އުމަރު ވިދާޅުވީ އެންމެ ފުރަތަމަ ޚަރަދު ކުޑަކުރަން ޖެހޭނީ ސަރުކާރުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.
ސަރުކާރުގައި ތިއްބެވި ބޭފުޅުން ހިތި ބޭސް ބޮއެފަ، ބާކީ ހުރިއްޔާ ރައްޔިތުންނަށް ހިތި ބޭސް ފޮނުވުމަށް އުމަރު ވަނީ ގޮވާލާފައެވެ.