ޕްރޮސެކިޔުޓާރ ޖެނެރަލް ހުސައިން ޝަމީމްގެ އިސްތިއުފާއަށް ގޮވާލާ އިހްތިޖާޖް ކުރަން ޒުވާނުން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާއި އެއްގޮތައް ވާނުވާ ބަންދު އުވާލައި، އަދި ކުށެއް ސާބިތު ނުވެ ވަކި ގޮތެއް ނުނިންމައި ބައިތިއްބާ ބޭތިއްބުން ނިމުމަކަށް ގެނައުން އަވަސް ކުރުމަށް ގޮވާލައި މާދަމާ އިހުތިޖާޖެއް އޮންނާނެއެވެ.
މީގެ އިތުރުން ޕީޖީ ޝަމީމް އޭނާގެ މަގާމުން ވަކި ކުރުމަށް ވެސް ގޮވާލަން ވަނީ ނިންމާފައެވެ.
އިހުތިޖާޖު އޮންނާނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގޭ ސަރަހައްދުގައި ކަމަށާ އެ ސަރަހއްދުގެ ޕާކިން ޒޯނަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް އިހުތިޖާޖު އޯގަނައިޒުކުރާ ފަރާތުން އެދިފައިވެއެވެ.
މާދަމާ ހެނދުނު 10:30 ގައި އިހުތިޖާޖު ފެށޭނެއެވެ.