ޕްރޮސެކިޔުޓާރ ޖެނެރަލް ހުސައިން ޝަމީމްގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކޮށްފި އެވެ.
ޔޫތް ފޯރ ޔުނިޓީ އިން އިންތިޒާމްކޮށްގެން މި މުޒާހަރާ ކޮށްފައި ވަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
މި މުޒާހަރާ ކޮށްފައި ވަނީ އެމްޑީއެން ރިޕޯޓް ލިޔުނު ފަރާތްތައް ދައުލަތުގެ އިސް މަގާމްތަކުގައި ތިބޭތީވެ ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުންނެވެ.
މުޒާހަރާގައި އެ ފަރާތްތަކުން ވަނީ ވާނުވާ ބަންދު އުވާލުމަށް ވެސް ގޮވާލާފައެވެ.
ޕީޖީ ފަދަ ޒިންމާދާރު މަގާމެއްގައި ޝަމީމް ފަދަ ލާދީނީ ފަރާތެއް ބަހައްޓައިގެން އުޅުމުން މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައެވެ.
މި ސަރުކާރުން އައީ އެމްޑީއެން ރިޕޯޓް ލިޔުނު ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ވައުދާއެކުގައެވެ.
އެހެން ނަމަވެސް ފެނިގެންދަނީ މިހާރު ކުރިން ބުނި އެތި ކެންސަލްކޮށްލާ ޝަމީމް އާއެކު ޑީލް ހަދާ މަގާމުގައި އޭނާ ބަހައްޓައިގެން އުޅޭ މަންޒަރެވެ.