February 22, 2026
Advertisement
މުއިއްޒު އަދި ނާޒިމް
މުއިއްޒު އަދި ނާޒިމް / ޕީޕީއެމް

ސަރުކާރުން އެމްއެމްއޭއަށް 5 އެމްޑީން އައްޔަން ކުރަން ނިންމުމާއެކު ކޯލިޝަން ޕާޓްނަރު ރުޅިގަދަވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 11, 2024, 01:38 AM
މާލެ ސިޓީ

މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ އޮނިގަނޑަށް ބަދަލު ގެނެސް، ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ނިންމާފައިވާތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ރައީސް،  މުހައްމަދު ނާޒިމް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

ނާޒިމް ވިދާޅުވީ އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމަކީ ދައުލަތުން އުފުލަން ޖެހޭ އިތުރު މާލީ ބުރައެއް ކަމަށެވެ. އެއީ އެމްޑީއެއްގެ މުސާރަ އަކީ ވެސް 50،000 ރުފިޔާ އެވެ.

އެމްއެމްއޭގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު އެސިސްޓެންޓު ގަވަރުނަރުގެ މަގާމު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކޮށްފަ އެވެ. އަދި އެ މަގާމަށް ފަސް މީހުން އައްޔަންކުރަން ނިންމައި މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ.

އެމްއެމްއޭ އިން މެނޭޖިން ޑިރެކްޓަރުން އައްޔަންކުރާ ދާއިރާތަކަކީ:

  • 1- މަނިޓަރީ ޕޮލިސީ، ރިސާޗު އަދި ސްޓެޓިސްޓިކްސް
  • 2- ފައިނޭންޝަލް ސްޓެބިލިޓީ
  • 3- ކޯޕަރޭޓް ސާވިސަސް
  • 4- ބޭންކިން އޮޕަރޭޝަންސް
  • 5- ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް

އެމްއެމްއޭ އަށް 5 އެމްޑީ އިން ހޯދާތީ ގިނަ ބަަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved