ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.
މެޓު އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. ސަމާލު ވަގުތަކީ މެންދުރު 12:00 އިން އިރުއޮއްސި 6:00އަށެވެ.
White Alert issued from Haa Alifu to Laamu Atoll. pic.twitter.com/9RkezYwPLG
— Maldives Meteorology (@MetMaldives) August 11, 2024
މެޓުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވާ ގޮތުގައި ސަމާޅު ނެރެފައިވަގުތުތަކުގައި އެ ސަރަހއްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވެއެވެ. އަދި 19 މޭލާ 24 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް ބުނެފައިވަނި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިއަދުގެ ހެނދުނު 10:00 އިން މާދަމާގެ ހެނދުނު 10:00 އާ ހަމައަށް މެޓުން މޫސުން ލަފާކޮށްފައިވަ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައް ގަދަވާނެ ކަމަށް ލަފަކުރެވޭއިރު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 4 – 7 ފޫޓުގައެވެ.
ކުރަމުންދާ ވިއްސާރައިގައި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.