މޫސުން ގޯސްވެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި / ޕޮލިސް
ހަބަރު
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލުނެރެފި
Mariyam Isaadha
މަރިޔަމް އިސާދާ
11 އޯގަސްޓު 2024
މާލެ ސިޓީ

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހެ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިރޭގެ ދަންވަރު 1 ޖެހުމާ ހަމައަށެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައިވެއެވެ.

މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިއަދުގެ ހެނދުނު 10:00 އިން މާދަމާގެ ހެނދުނު 10:00 އާ ހަމައަށް މެޓުން މޫސުން ލަފާކޮށްފައިވަ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ލަފަކުރެވޭއިރު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 4 – 7 ފޫޓުގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved