ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއިރޮލޮޖިކަލް ސެންޓަރުން އތުރުގެ ހުރިހާ އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 11:00 އިން 15:00ގެ ނިޔަލަށެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ގަޑިއަކު 50 މޭލަށް ވައި ބާރުވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
Yellow alert in effect over the northern atolls. pic.twitter.com/aQTNc3dWdD
— Maldives Meteorology (@MetMaldives) August 12, 2024
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވިދާޅުވިއެވެ.
މި ހަފްތާ އެކީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެތީ ކަމާބެހޭ ފަރާތްތަކުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިއަދުގެ 15:00ގެ ނިޔަލަށް ހުރިހާ ހިާބަކަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.