ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުންތަކެއް ހިނގަން ފަށައިފިއެވެ.
ޗެނަލް 13 އަށް މައުލޫމާތު ލިބުން ގޮތުގައި ހަމަނުޖެހުންތައް ހިނގަން ފަށާފަވަނީ އެހެން ދާއިރާތަކުގެ ވޯޓު ކަރުދާސް ވޯޓު ފޮށިތަކުގައި ހުރުމުންނެވެ.
އެގޮތުން ހުޅުމާލޭ ދެކުނު ދާއިރާގައި ބެހެއްޓިފައިވާ ވޯޓު ފޮށި ސަރަހައްދުންވެސް އެކި އެކި މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެއް ކަމަށްވާ ދުންޔާ މައުމޫން ވަނީ އެ ސަރަހައްދުގައި ބެހެެއްޓިފައިވާ ވޯޓު ފޮށީގައި ޖެހުނު މައްސަލަ ކުޑަގޮތަކަށް ހިއްސާކޮށްފައެވެ.އޭގެއިތުރުންވެސް ދުންޔާ ވަނީ އެ ކޯލިޝަނަށް އިންތިޚާބު ވީހާވެސް ސުލްހަވެރިކޮށް ގެންދިޔުމަށް ގޮވާލާފައެވެ.
ދުންޔާ މައުމޫން ހެންވޭރު ދެކުނު ދާއިރާ އަށް ކުރިމަތިލައްވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުންނެވެ. އެހެންނަމަވެސް އަޅުގަނޑުމެެންނަށް މައުލޫމާތު ލިބުންގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކުރިމަތި ލައްވާފައިވަނީ ވެސް ހަމަ އެދާއިރާއަށް ކަމުން ޕީއެންސީގެ ޗެއާޕާސަން އަދުރޭ ނުފޫޒުން އެ ގޮނޑި އެކަމަނާ އަށް ކަށަވަރުކޮށްދެއްވާފައިވެއެވެ.
މާލޭ ސިޓީގައިވެސް އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކުރިޔަށްދާއިރު ފާހަގަކޮށްލަން ޖެހޭ ހެންވޭރު ދެކުނު ދާއިރާގެ ވޯޓު ފޮށި ބެހެއްޓިފައިވާ ސަރަހއްދުގައި ވެސް އަންނަނީ ހަމަނުޖެހުން ހިނގަމުންނެވެ.
އިތުރު ތަފްޞީލް އަންނަނީ..