

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު އަދި ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ.
މިއަދު ހެނދުނު 7:00 އިން މެންދުރު ފަހު 13:00 އަށް އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.
އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހެނދުނު 6:30 އިން 12:30 އަށް ހުދު ސަމާލު ވެސް ނެރެފައެވެ.