ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާ މެދުރާއްޖެ ތެރެއާއި އުތުރަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ..
ގަޑިއަކު 50-30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަަކަށް ވައިގަދަވެފައި ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ހާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރަށް ވައި ގަދަވާނީ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ހުކުރު، ހޮނިހިރުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ހެނދުނު 10:00 އިން 14:00 އަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.