May 2, 2026
Advertisement
މާލެ ސިޓި ކައުންސިލްގެ އެސްޖީގެ މަގާމުގައި ހުރި ވަޖީހު ނަސީރު
މާލެ ސިޓި ކައުންސިލްގެ އެސްޖީގެ މަގާމުގައި ހުރި ވަޖީހު ނަސީރު / މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް އެ މަގާމުން ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 15, 2024, 09:45 PM
މާލެ ސިޓީ

މާލެ ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް އެ މަގާމުން ވަކިކޮށްފިއެވެ.

Advertisement

އޭނާ މަގާމުން ވަކިކުރަން ކައުންސިލަށް ހުށައެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

އޭނާ ހުށައެޅުއްވި މައްސަލާގައި ބުނީ ކައުންސިލްގެ އެސްޖީގެ ޒިންމާ ވަޖީހު ނަސީރު އަދާނުކުރުމުގެ ސަބަބުން ކައުންސިލްގެ މަސައްކަތް ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލަށް އަންނަ ސިޓީތަކަށް ޖަވާބުނުދެއްވުމާއި އަދި މައްސަލަތައް ހިމެނޭ މުވައްޒަފުން ވަކި ނުކުރުމާއި، ކައުންސިލުން އެކި ފަރާތަކަށް ދައްކަން ޖެހޭ ބިލުތަކަށް ފައިސާ ނުދެކުން ފަދަ ކަންކަން ވެސް އެސްޖީގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ.

ވަޖީހު ނަސީރު މަގާމުން ވަކިކުރީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ނެގި ވޯޓްގެ މެޖޯރިޓީއިން ނަމަވެސް އެ ކަމުގައި ކައުންސިލް މެމްބަރުންގެ މެދުގައި ދެބަސްވުން އުފެދި މައްސަލަ ވަރަށް ހޫނުވެގެން ދިޔައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved