March 19, 2026
Advertisement
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް / ރައްޔިތުންގެ މަޖިލިސް

އިންޑިއާ ފަތުރުވެރިންގެ މާކެޓް ހަލާކުކޮށްލި ޑެޕިއުޓީ މިނިސްޓަރުން ތިބީ ބޮޑު މުސާރަދީފައިި:އަމީން

Aishath Naja
އައިޝަތު ނަޖާ
Aug 16, 2024, 04:24 AM
މާލެ ސިޓީ

އިންޑިއާ ފަތުރުވެރިންގެ މާކެޓް ހަލާކުކޮށްލި ޑެޕިއުޓީ މިނިސްޓަރުން ތިބީ ބޮޑު މުސާރަ ދީފައިކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

Advertisement

އަމީން ފައިސަލް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅި ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިމުގެ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާނެ ގޮތަށް އިތުރުކުރަން ފައިސާ ދައްކަންޖެހޭ މުއްދަތު ކުރުކުރަން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއްގެ އަމަލުތަކުގެ ސަބަބުން އިންޑިއާ ފަތުރުވެރިންގެ މާކެޓް "ފުނޑާލި" ކަމަށެވެ.

އޭގެ ބަދަލުގައި އެ ޑެޕިއުޓީ މިނިސްޓަރުންނަށް ރިސޯޓް އޯނަރުން ދައްކާ ޓެކްސް ފައިސާއިން މުސާރަ ދެމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

މީވެސް ހިނގާކަންކަން، އަދިވެސް މިއަދާ ހަމައަށްވެސް ތިބީ ވަޒީފާގަ. އެބުނާ ތިން ސްޓާފެއް ސަސްޕެންޑްކޮށްފަ، ވަޒީފާގަތިބީ މުސާރަދޭ. 8 ލައްކައަށް ވުރެން ގިނަ ރުފިޔާ އެބައޮތް ޓެކްސް ފައިސާއިން މުސާރަ ދީފި

މެމްބަރު އަމީން ވިދާޅުވި އެވެ

އެހެންކަމުން އެއްކޮޅުން ޑިސްކައުންޓެއް ދީފައި އަނެއްކޮޅުން މި އަމަލު ހިންގި ފަރާތްތަކަށް މުސާރަ ދިނުމަކީ ދިވެހި ދައުލަތުން ޓެކްސް ދައްކާ ފަރާތްތަކަށް ކުރާ ފުރައްސާރައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved