ހއ. އަތޮޅުން ތ. އަތޮޅަށް މިރޭގެ 12 ޖެހުމާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން، މިރޭގެ 8:00 އިން ފެށިގެން އެ ސަރަހައްދުތަކަށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ، ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިބާރުވާނެ ކަމަށެވެ.
އެ ސަރަހައްދުތަކުގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
Alert Yellow for heavy rain, strong winds of 25-30 mph and gusts of 50 mph with very rough seas. pic.twitter.com/RIE1MM7XNs
— Maldives Meteorology (@MetMaldives) August 16, 2024
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ވަނީ ވަރަށް ގޯސްވެފައެވެ. މެޓް އޮފީހުން އެއިރު ހާމަކޮށްފައިވަ ގޮތުގައި، އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށެވެ.