February 22, 2026
Advertisement
ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކޮށް ލިޔުން ޙަވާލުކުރެއްވުން
ގަވަރުނަރުކަމަށް މުނައްވަރު އައްޔަންކޮށް ލިޔުން ޙަވާލުކުރެއްވުން / ރައީސް އޮފިސް

އެމްއެމްއޭ އިން ބޭނުން ކުރެވޭ ޑޮލަރުގެ ރިޒަރވް ހުސްނުވާކަމަށް ބުނެ ދޮގު ބަޔާނެއް ނެރެފި

Aishath Naja
އައިޝަތު ނަޖާ
Aug 22, 2024, 01:55 AM
މާލެ ސިޓީ

"އަދަދު" ނޫހުން ބޭނުންކުރެވޭ ޑޮލަރުގެ ރިޒަރވް ހުސްވެއްޖެ ކަމަށް ބުނެ ޚަބަރު ޝާއިއު ކުރުމުން މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ރިޒަރވް ހުސްނުވާ ކަމަށް ބުނެ ދޮގު ބަޔާނެއް ނެރެފިއެވެ.

Advertisement

އެމްއެމްއޭ އިން މި ބަޔާން ނެރެފައި ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމުރުގެ ދަށުންނެވެ.

އަދަދު ނޫހުން ޑޮލަރުގެ ރިޒާވް ހުސްވެއްޖެކަމަށް ޝައިއުކޮށްފައިވާއިރު "ތޭރަ އޮންލައިން" އަށް އެމްއެމްްއޭގެ އިސް ފަރާތެއް ވަނީ މިކަން ކަށަވަރު ވެސް ކޮށްދެއްވާފަ އެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިވަގުތު ޕްރެޝަރުގައި ހުންނަވާ އެމްއެމްއޭގެ އިސްފަރާތްތަކަށް ފޯނުކުރަމުން ގެންދާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރުކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved