އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން ހަތަރު ބިލިއަން ރުފިޔާ އަހުމަދު އަދީބު އަތުން ނަގާފައި ކަމަށާ އެވަރު މީހަކަށް އެހެން މީހުންނާ ދިމާއަށް އިނގިލި ދިއްނުކުރެވޭނެ ކަމަށް ކާނަލް ރިޓާޔާޑް އަހުމަދު ފަޔާޒު ވިދާޅުވެއްޖެއެވެ.
ދަ ފްރޮންޓް އޮފީހުގައި ވާހަަކަ ދައްކަަވަމުން ޕާޕާ ވަނީ ފުލުހުންގެ ތަހުގީގަކަށް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ފޯނުން ނެފި ވަޓްސް އަޕް މެސެޖުތަކެއް ހިމަނައިގެން އެކުލަވާލާފައި އޮތް ރިޕޯޓެއްގެ ބައިތައް އާންމުކުރައްވާފައެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އަބްދުﷲ ރިޔާޒުގެ ފޯނުން ފެނުނު ވަޓްސް އަޕް މެސެޖުތަކަކުން ހާމަވެފައިވާ ގޮތުގައި އަދުރޭ ވަނީ އަދީބު އަތުން 4 މިލިއަން ރުފިޔާ ނަގާފައެވެ. އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވަނީ 14 މިލިއަން ރުފިޔާ އަދިބު އަތުން ނަގާފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ޕާޕާ ވިދާޅުވީ މިވަރުގެ މީހަކަށް ޕާޕާ އޭ ޖަމީލުއޭ މަލީހުއޭ ހުސެއިން ވަހީދުއޭ ކިޔާ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
އަދީބު އަތުން 4 މިލިއަން ނަގައިގެން ހުރި މީހަކު ޕާޕާ އާ މަލީހުއާ ޖަމީލުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ
ޕާޕާ ވަނި އަދުރޭއާ މުއިއްޒުގެ މައްސަލަ ވެސް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.