ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ރައީސް އަދި ނައިބު ރައީސް އާއެކު / ސޯޝަލް މީޑިއާ
ސިޔާސީ
ޒީނާ އިސްތިއުފާ ދިނީ ރައީސް އަންގަވައިގެން، ސަބަބަކީ ފަރސްޓް ލޭޑީ ބައިވެރިވި ހަފްލާއެއް ލައިވްނުކުރުން!
Mariyam Isaadha
މަރިޔަމް އިސާދާ
25 އޯގަސްޓު 2024
މާލެ ސިޓީ

ޕަބްލިކ ސާބިސް މީޑީޔާ (ޕީއެސްއެމް)ގެ އެމްޑީކަމުން ޒީނާ ޒާހިރު އިސްތިއުފާ ދިނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ތޭރަ އޮންލައިނަށް މިކަމާ ގުޅިގެން މައުލޫމާތު ހިއްސާ ކުރައްވަމުން ނަން ހާމަނުކުރުމަށް އެދި ޕީއެސްއެމްގެ އެޗްއޯޑީއަކު ވިދާޅުވެފައިވަނީ ޒީނާއަށް އިސްތިއުފާ ދޭން އެންގީ ސީދާ ރައީސް މުއިއްޒު ކަމަށާ އެފަދައިން އެންގެވީ އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއް ލައިވްކުރަން ޒީނާ ދެކޮޅު ހަދާ އެ ހަފްލާ ލައިވް ނުކުރުމާ ގުޅިގެންނެވެ.

އެގޮތުން "އޭ.އެސް.އެފް އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް 2024" ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ބައިވެރިވެޑައިގެންފައިވާއިރު އެ ހަފްލާ ޕީއެސްއެމުން ލައިވްކޮށްފައިނުވެއެވެ. ނަމަވެސް ފަހުން ވީޑިއޯ ކްލިޕްކޮޅެއް ހަދާ އެފްބީ އެކައުންޓުގައި ޕޯސްޓުކޮށްފައިވެއެވެ. އެއީ ޒީނާ އިސްތިއުފާ ދިން ފަހުންކަން ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ހަފްލާ ލައިވް ނުކުރުމުން ޒީނާއަށް އިސްތިުފާ ދޭން އެންގެވީ ސީދާ ފަރސްޓު ލޭޑީގެ ނުފޫޒާއެކު ކަމަށްވެސް ތޭރަ އޮންލައިނަށް ވަނީ ކަށަވަރުވެފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޒީނާ އައްޔަނު ކުރީ ނޮވެންބަރު 28 ވަނަ ދުވަހު އެވެ ޒީނާއަކީ ޕީއެސްއެމްއަށް އައްޔަންކުރި ފުރަތަމަ އަންހެން އެމްޑީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved