March 24, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ބަޣާވާތެއް ކަމަށް ސިފަކޮށް ޑޮލަރު މައްސަލަ ރައީސް މުއިއްޒު ބީއެމްއެލް ބޮލަށް ޖަހައިފި

Aminath Zara
އައިމިނަތު ޒާރާ
Aug 27, 2024, 04:00 AM
މާލެ ސިޓީ

ބޭންކް އޮފް މޯލްޑިވްސް އިން އިދިކޮޅު ފަރާތްތަކާ ގުޅިގެން އިއްޔެ ކުރަން އުޅުނީ ބަގާވާތެއްކަމަށް ރައީސް މުއިއްޒު ސިފަކުރައްވައިފިއެވެ.

Advertisement

ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުގެ ލިމިޓް ކުޑަކުރުމާއި އެކު ރައްޔިތުންގެ ނުރުހުމާއި ޝަކުވާތައް އަމާޒުވާން ފެށުމުން ކުރިން ބުނި އެތި ކެންސަލް ކަމަށް ބުނެ ސަރުކާރުން ވަނީ ބީއެމްއެލް އަށާއި އިދިކޮޅު ފަރާތްތަކުންގެ ބޮލަށް އެ މައްސަލަ ޖަހާފައެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ،ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކަނޑާނުލުމަށް އެމަނިކުފާނު ބީއެމްއެލަށް އަންގާފައިވާނޭކަމަށެވެ.

މިފަދަ އިލްޒާމެއް ރައީސް، ބީއެމްއެލަށް ކުރައްވާފައިވާއިރު، ބީއެމްއެލްގެ ސީއީއޯ ރައީސް އޮފީހަށް ހާޒިރުކޮށް ބިރު ދައްކާފައިކަމަށް އަޑު ފެތުރިފައިވެއެވެ. ނަމަވެސް ބޭންކިން ނިޒާމުގެ ތެރެއަށް ރައީސްއަކަށް އަތް ނުބޭނެކަމަށް ގާނޫނު ދަންނަ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ޑޮލަރުގެ ރޭޓް ހިފަހައްޓާނެ ކަމަށް ވައުދުވެ، އަދި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރާނެ ކަމަށް ބުނެ އައި ސަރުކާރަށް ރަނގަޅަށް ގައުމު ހިންގަން ނޭގިގެން އުޅޭ މަންޒަރު ދަނީ ވަރަށް ރީތިކޮށް ހާމަވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved