March 24, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ރައްޔިތުންގެ ބޭންކުން ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރަން އުޅުނުކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 27, 2024, 05:50 PM
މާލެ ސިޓީ

އާދިއްތަ ދުވަހު ރައްޔިތުންގެ ބޭންކް (ބީއެމްއެލް) އިން ގެންނަން އުޅުނީ ސީދާ ބަޣާވާތެއް ކަމަށާއި އެއީ ކުރީބައިގައި ރޭވިގެން ކުރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ބީއެމްއެލް ބޯޑުން އެ ނިންމުން ނިންމީ އެގޮތަށް ނުހަދަން ސީދާ އެމަނިކުފާނު އިރުޝާދު ދެއްވަމުން ދަނިކޮށް ކަމަށެވެ.

އެހެންކަމުން އެކަމަށް ފިޔަވަޅު އަޅާނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބީއެމްއެލްއިން އާދިއްތަ ދުވަހު ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބަޣާވާތެއް ގެންނަން އުޅުނީ އަވައްޓެރި ބައެއް ގައުމުތަކުގައި މިފަހުން ކަން ހިނގައިދިޔަ ގޮތުން މިސާލު ނަގައިގެން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު، އެ ތަހުގީގުގެ ތެރެއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި ތިބީ ސަރުކާރުގެ ހަތަރު މެންބަރުން ކަމަށާއި ބާކީ ތިބި ފަސް ބޯޑު މެންބަރުންނަކީ ސަރުކާރުގެ ބައެއް ނޫން ކަމަށެވެ.

އެހެންނަމަވެސް ބީއެމްއެލްގެ ބޯޑުގައި މިހާރު ތިބި ނުވަ މެންބަރުންގެ ތެރެއިން ހަ މެންބަރުންނަކީ މިދިޔަ މެއި މަހު އޮތް އެ ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ސަރުކާރުން ހުށަހަޅައިގެން އައްޔަނު ކޮށްފައި ތިބި ބައެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved