
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕްގައި ހުންނެވި އެންމެ ތަންދޮރު ނުދަންނަ ގަމާރު ބޭފުޅުންނަކީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ގްރޫޕްގެ ލީޑާރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގަ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މަލީހް ވިދާޅުވީ މެމްބަރު ފަލާހް އިންނަމާދޫ އޮޑިހަރުގެއިން ގްރެޖުއޭޓްވެގެން އައިސް ޢިލްމީ މަސައްކަތެއް މަޖިލިސްތެރޭ ނުކުރެވޭނެ ކަމަށެވެ.
އަދި ޕީޖީ ގްރޫޕްގެ ލީޑަރުކަން ފަލާހް ހޯދައްވާފައި ވަނީ އަދުރޭއަށް ފައިސާ ދީގެން ކަމަށް ވިދާޅުވެ މަލީހް ވަނީ ތުހުމަތުކުރައްވާފައެވެ.
މަލީހްގެ އިތުރުން ގިނަ ބަޔަކު އަންނަނީ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕް ލީޑަރަކަށް ފަލާހް ހުންނަވާ ޕޯޑިއަމްތަކުގައި ތަންދޮރު ނުދަންނަ ވާހަކަތައް ދައްކަވާތީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.










