March 12, 2026
Advertisement
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ / އެޑިޝަން.އެމްވީ

މީޑީޔާތަކާ ގުޅިގެން އެންމެ ގިނަ ޝަކުވާ ހުށަހެޅީ، މީޑިޔާގެ މިނިވަންކަމަށް އަރައި ނުގަންނާނެ ކަމަށް ބުނި ރައީސްގެ އޮފީހުން!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 28, 2024, 10:48 PM
މާލެ ސިޓީ

މީޑީޔާތަކާ ގުޅިގެން އެންމެ ގިނަ ޝަކުވާ ހުށަހެޅީ، މީޑިޔާގެ މިނިވަންކަމަށް އަރައި ނުގަންނާނެ ކަމަށް ވިދާޅުވި ރައީސްގެ އޮފީހުންކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ، މޯލްޑީވްސް މީޑިއާ ކައުންސިލް އިން އާންމު ކުރި ތަފާސް ހިސާބުތަކުންނެވެ. އެގޮތުން ބުދަ ދުބަހު އެމްއެމްސީއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ މީޑިއާ ތަކާ ގުޅިގެން ޖުމްލަ 79 ޝަކުވާއެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 74 ޝަކުވާއަކި މީޑިޔާއަށް މިނިވަންކަން ދުވަހަކުވެސް ނުލިބޭ މިންވަރަށް މިނިވަންކަން ދޭނެކަމުގެ ވައުދާއެކު އައި ރައީސް މުހައްމަދު މުއިއްޒު އިންނަވާ އެމަނިކުފާނުގެ އޮފީސްކޮޅުން ހުށަހަޅާފައިވާ ޝަކުވާކަން ހިސާބުތަކުން ހާމަވެއެވެ.

އެމްއެމްސީއިން އާންމުކުރި ތަފާސް ހިސާބު
އެމްއެމްސީއިން އާންމުކުރި ތަފާސް ހިސާބު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކި މީޑިޔާތކުގެ ބްލެކް ލިސްޓެއް ނުގެންގުޅޭނެ ކަމަށާ ހުރިހާ މީޑީޔާތަކެއް ހަމަހަމަ ކުރާނެކަމުގެ ވައުދާއެކު އައި ސަރުކާރެއް ނަމަވެސް މި ސަރުކާރުން ގެންދަނި މައުލޫމާތު ހޯާ ލިބިގަތުމުގައި ބައެއް މީޑިޔާތަކަށް ހުރަސް އަޅާ މައުލޫމާތު ފޯރުކޮށްދިނުމުގައި ފަހަތު ފަޔަށް ބުރަވަމުންކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ގާނޫން ލިބިދޭ ހައްގެއް ކަމަށްވާ އާރުޓީއައިއަށް ވެސް ޖަވާބު ނުދީ ރައީސް އޮފީހުން ގާނޫނާ ޚިލާފުވެގެން އެތައް ފަހަރެއްގެ މަތިން އިންފޮމޭޝަން ކޮމިޝނަރުގެ އޮފީހުން މައްސަލަ ތާވަލުްކޮށް އަޑު އެހުންތަކަށް ހާޒިރުނުވުމުން ރައީސް އޮފީހާ މެދު ފިޔަވަޅު އަޅަން ނިންމާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved