February 22, 2026
Advertisement
ފިޗް ރޭޓިންގްސް
ފިޗް ރޭޓިންގްސް / ކޯޕަރޭޓް މޯލްޑިވްސް

ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ސީސީއަށް ދަށްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 29, 2024, 09:48 PM
މާލެ ސިޓީ

ބައިނަލްއަގުވާމީ ރޭޓިން އެޖެންސީކަމަށްވާ "ފިޗް ރޭޓިންސް" އިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އަށް ދަށްކޮށްފި އެވެ.

Advertisement

އެންމެ ފަހުން ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެ ފަހަރު ފިޗުން ވަނީ ފާއިތުވި ދެ އަހަރު "ބީ ނެގެޓިވް" ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ.

ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި ކުރިން ފަހަރެކޭ އެއް ފަދައިން ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްލެވެއެވެ.

ފިޗުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮންނާނެ އެވެ.

މީގެ މަައިގަނޑު ސަބަބެއްގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓް އިތުރުވުމާއި ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދަން ޖެހޭތީ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved