އަންހެނަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެނަކު ރަހީނުކޮށްފައިވަނި މާލެއިންނެވެ. އަދި އެ މައްސަލަ ފެންމަތިވުމާއެކު މިހާރު ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މީޑީޔާތަކަށް ފޮނުވި މެސެޖުގައިވާ ގޮތުން މާލޭގެ މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެެއްގެ ރިޕޯޓެއް ލިބިފައިވާ ކަމަށާ އަދި އެކަމުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން އިތުރު ތަފްސީލު ހާމަކުރަމުން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.