ސަރުކާރުގެ އިސްވެރިންތަކެއް މަޖިލީހުގެ މެމްބަރުންތަކަކަށް ހަމަލާދޭން މަސައްކަތްކޮށްފިއެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކްސް އެކައުންޓުގައި ހާމަކޮށްފައިވާ ގޮތުގައި ހަމަލާ ދިފައިވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިންނާ އާދަމްއާ އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރުން އަލީ ނާޝީޒު މަޖިލިހަށް ވަންނަން ދިޔަ މަގުމަތީގައެވެ.
ނާޝީޒުއާ ރޮޒެއިނާ ދިޔައީ މިރޭ މަޖިލީހުގައި އެޖެންޑާ ކޮށްފައިވާ ދައުރުން ބޭރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ކުރުސީގެ އެކްސްގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އެކްޓިވިސްޓުންނާ އަދި މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއްް ހިމެނޭހެން ނާޝިޒުއާ ރޮޒެއިންނާ ސައިކަލުގައި ދަނިކޮށް އެ ސައިކަލަށް ހުރަސް އަޅާ ހަމަލާދޭން މަސައްކަތްކޮށްފައެވެ.
‼️My God!
— Hassan Kurusee (@HKurusee) January 28, 2024
PPM/PNC Deputy Ministers and co are attacking MPs on street. This is just now @Roxeyna & her husband @Mnashiz trying to enter Majlis & them surrounded by PPM/PNC Deputy Ministers & activists!
PPM/PNC activists are thugs. pic.twitter.com/jZc7u1ZGFE
މަޖިލީހުގެ މެމްބަރުންތަކަކަށް ހަމަލާ ދޭން ސަރުކާރުގެ ތެރެއިން މަސައްކަތްކޮށްފައި މިވަނީ ސަރުކާރުގައި ތިއްބެވި ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަދި ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވެސް އެ ކަމުގެ ހިތް ހަމަ ނުޖެހުމާ އެކު މަޖިލިސް ގޭ ކައިރީ އިހުތިޖާޖުކުރަމުން ދިޔަ ބައެއްގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.