June 6, 2026
Advertisement
ހޫނު ހަބަރު
ހޫނު ހަބަރު / ތޭރަ އޮންލައިން

މާޅޭ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 5, 2024, 06:42 PM
މާލެ ސިޓީ

މާޅޭ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

Advertisement

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް މީޑިޔާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މއ.އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި އަލިފާން މިހާރު ވަނީ ނިއްވާލެވިފަައެވެ. އަދި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

އަލިފާން ރޯވީ 3 ވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރު ގުދަނުގައި ކަރަންޓްބޯޑެއްގައި ކަމަށްވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved