April 22, 2026
Advertisement
ވައްޑެ ޖަލްސާ ތެރެއިން ވާހަކަދައްކަވަނީ
ވައްޑެ ޖަލްސާ ތެރެއިން ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ހިނި އަންނަނީ ހުސް ގޮނޑި ދައްކައިގެން، އުސް ގޮނޑިތަކަކަށް އައިސް އެ ހުސް ގޮނޑި މަތިން ހަނދާން ނެތުނީމާ: ވައްޑެ

Aishath Naja
އައިޝަތު ނަޖާ
Sep 17, 2024, 01:27 AM
މާލެ ސިޓީ

ހިނި އަންނަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހުސް ގޮނޑި ދައްކައިގެން، އުސް ގޮނޑިތަކަކަށް އައިސް އެ ހުސް ގޮނޑި މަތިން ހަނދާން ނެތުނީމާކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ މެމްބަރު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ރައީސް ޔާމީންގެ މައްޗައް ކޮށްފައިވާ ސިޔާސީ ދައުވާގެ މި ސަރުކާރުގައި ވެސްކޮށް ޝަރީއަތްތަކަށް އެމަނިކުފާނު ހާޒިރުކުރަން ޖެހުމުން އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފްގެ ބައެއް މެމްބަރުންނާ އެމަނިކުފާނަށް ތާއިދުކުރައްވާ ގިނަ އަދަދެއްގެ ފަރާތްތަކެއް ވަނީ ޝަރީއަތުގެ އަޑުއެހުން ކުރިޔަށްދިޔަ ވަގުތު ކޯޓުގެ ބޭރުގައި އިހުތިޖާޖްކޮށްފައެވެ. މި އިހުތިޖާޖްގެ ފޮޓޯއަކާއި މިދިޔަ ސަރުކާރުގައި މިއަދު ސަރުކާރުގެ ވެރިން އަމިއްލަ މަންފާއަށް ނިކުމެ ކުރި އިހުތިޖާޖެއްގެ ފޮޓޯ އެއް ވައްޑެ ވަނީ ޕޯސްޓްގައި ހިއްސާކޮށްފައެވެ.

އެ ދެ ފޮޓޯގައި ހުރި ތަފާތުކަންތައްތައް ފާހަގަކުރައްވަމުން ވައްޑެ ވިދާޅުވީ އިއްޔެ ވެސް މި ގޮނޑީގެ ވެރިޔާ އަށް ނުހައްގުން ފުރޭމްކޮށް އަނިޔާ ދިނުމާއި ދެކޮޅަށް ނިކުންކަމަށެވެ. އަދި މިއަދު ވެސް މިތިބީ ހަމަ އެގޮތުގައިކަމަށެވެ.

އެހެންނަމަވެސް ހިނި އަންނަނީ އިއްޔެގެ ބައެއް މޫނުތައް އުސްގޮނޑިތަކަށް އައިސް މި ގޮނޑި މަތިން ހަނދާން ނެތުމުންކަމަށް ވިދާޅުވެ ވައްޑެ ވަނީ ސަރުކާރުގެ ވެރިންނަށް ފާޑުވިދާޅުވެފައެވެ.

ކުރިން ރައީސް ޔާމީންގެ މައްޗައް ކޮށްފައިވަނީ ސިޔާސީ ދައުވާއެއްކަމަށް ކިޔަމުން އައި ބައެއްގެ ރާގު ބަދަލުވެ ކުރީ ސަރުކާރެކޭ އެއްފަދައިން ރައީސް ޔާމީނަށް އަނިޔާކުރުމުގައި އަދުގެ ސަރުކާރުގެ ވެރިން އުޅުއްވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved