February 28, 2026
Advertisement
އޭސީސީ
އޭސީސީ / އޭސީސީ

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް

Aishath Naja
އައިޝަތު ނަޖާ
Jan 30, 2024, 08:24 PM
މާލެ ސިޓީ

ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންގަނޑު ވަޒަންކޮށް، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވައިލާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" (ސީޕީއައި) ގައި ރާއްޖެ އެއް ދަރަޖަ ދަށަށް ޖެހިއްޖެއެވެ.

Advertisement

ޓްރާންސްޕޭރެންސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 39 ޕޮއިންޓެވެ.

އެއީ އޭގެ ކުރީ ދެ އަހަރަށް ވުރެ އެއް ޕޮއިންޓް ދަށް މިންވަރެއް ކަންފާހަގަކޮށްލެވެއެވެ. ސީޕީއައިގައި ރާއްޖެއަށް އެންމެ މަތިން ޕޮއިންޓް ލިބުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު 43 ޕޮއިންޓް ލިބިފައިވާއިރު އޭގެ ފަހުން 2021 އާދި 2022 ގައި ލިބުނީ 40 ޕޮއިންޓްކަން ފާހަގަކޮށްލެވެއެވެ.

ސީޕީއައިގައި ރާއްޖެއަށް މިދިޔަ އަހަރު ލިބުނު 39 ޕޮއިންޓާ އެކު ރާއްޖެ ހިމެނުނީ 50 ޕޮއިންޓަށް ވުރެ މަދުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގައުމުގެ ތެރޭގަ އެވެ.

ސީޕީއައި ސްކޯ މިންކުރަނީ ކޮރަޕްޝަން އަށަގެންފައިވާ ކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބަލަން ހަދާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައެވެ. މިދިޔަ އަހަރުގެ ސީޕީއައި އެކުލަވައިލުމުގައި ރިއާޔަތް ކޮށްފައި ވަނީ ބައިނަލް އަގުވާމީ ތިން މަސްދަރަކަށެވެ.

އެއީ

  • ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް
  • ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް
  • ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓްޓިއުޝަނަލް އެސެސްމެންޓް އަށެވެ.

ސީޕީއައި ގައި 180 ގައުމެއް ވަޒަންކޮޮށްފައިވެއެވެ. ރާއްޖޭގެ ސްކޯ އަކީ 39 ކަމަށް ވާއިރު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 93 ވަނައިގައެވެ.

އެއިންޑެކްސްގައި 93 ވަނައިގައި ރާއްޖެއާ އެކު ދެން ހިމެނެނީ އަވަށްޓެރި އިންޑިއާއާއި އިރުމަތީ މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ ކަޒަކިސްތާން އަދި ލެސޯތޯއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved