

މާފަންނުގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަޑުގެ ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ ދިވެހި ފިިރިހެނެކެވެ. އުމުރަކީ 57 އަހަރެވެ. މ. ނަލަހިޔާ، އަހުމަދު ފަޔާޒު މަރުވެފައި އޮތް ކަމުގެ ހަބަރު ލިބިގެން ފުލުހުން އެޓެންޑް ވެފައި ވަނީ ރޭ 11:33 ހާއިރު އެވެ. އޭނާގެ ހަށިގަނޑު އެގެއިން ނެރެފައި ވަނީ ފުލުހުންގެ ފޮރެންސިކް ޓީމުންނެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ. އަދި މަރާ ގުޅިގެން ތުހުމަތު ކުރެވޭފަދަ ކަމެއް ވެސް މިހާތަނަށް ބެލިބެލުމުން ފެންނަން ނެތް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒު ފެނުނުއިރު ހަށިގަޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ.