April 3, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ތުހުމަތު ކުރެވޭ މީހުންނާ މެދުގައި ރާއްޖޭގެ އަދުލުގެ ނިޒާމު އޮތީ ހަރުކަށިކޮށް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 19, 2024, 08:09 PM
މާލެ ސިޓީ

ތުހުމަތު ކުރެވޭ މީހުންނާ މެދުގައި ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމު އޮތީ ހަރުކަށިކޮށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނަށް ކުރި ނުހައްގު ހުކުމާ އަދި ހަރާން ހުކުމް ކުރި ފަނޑިޔާރުންނާ މެދު އެއްވެސް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާތީ އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން، ހޯމަ ދުވަހުގެ ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ކުށްކުރާ މީހުން މި ރާއްޖޭގައި ގިނަ ކަމަށާ އެހެންނަމަވެސް ކުށް ނުކޮށް ތުހުމަތުކޮށްގެން އަނިޔާ ލިބެމުންދާ މީހުން މާގިނަ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކުށެއްގެ ތުހުމަތުކުރެވޭ މީހާއަށް ގާނޫނު އަސާސީއިން ކިތަންމެ އިމްތިޔާޒުތަކެއް ލިބިފައި އޮތަސް އޭނާ ގިނަ ފަހަރު އެކަމުން ސަލާމާތްވެވޭނެ ގޮތެއް ނޯންނަ ކަމަށާ ގިނަ މައްސަލަތަކުގައި ފެނިގެން ދަނީ ފްރޭމުކޮށް ދައުވާ އުފުލާ ހުކުމް ކުރާ މަންޒަރުކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއީ ބަދަލުވާން ޖެހޭ ކަންކަމަށެވެ.

ދިވެހިރާއްޖޭގެ ޖިނާއި ހުރިހާ ގާނޫނުތަކެއް ވެސް ހަދާފައި މިހުރީ ކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށް ގާނޫނު އަސާސީގައި ކިތަންމެ ވަރުގަދަ އިމްތިޔާޒުތަކާ ހައްގުތަކާ ދީފަ އޮތަސް އޭނާގެ މައްޗަށް އެވިޑެންސް ތްރެޝްހޯލްޑް ކިތަންމެ ވަރުގަދައަށް އޮތަސް ތުހުމަތެއް ކުރެއްވިއްޖެއިއްޔާ އޭނާ ސަލާމާތްވާނެ ގޮތެއް ނޯވޭ. އޭނާގެ ހައްގުގައި އޭނާގެ ހައްގު ދިފާއުކުރަން ހެދިފައި ހުރި ގާނޫނުތައް ވަރަށް މަދު. އޭގެ ތެރޭގައި ބަދަލު ދިނުމުގެ އުސޫލެއް ނެތުމާ ކަފާލާތު ނުވަތަ ޕޯސްޓް ކޮންވިކްޝަން ނުވަތަ ޕޮސްޓް ޓްރަޔަލް ނުވަތަ ހުކުމަށް ފަހު ކަފާލާތު ދިނުމެއް ނެތް.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަން މިހެން ހުރުމުން ދިވެހިރާއްޖޭގެ އެއްވަނަ ދުނިޔޭގެ ޑިމޮކްރެސީއަށް ފެތޭނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved