ބީއެމްއެލްގެ އައު ބޯޑް މެމްބަރުން / ބެންކް އޮފް މޯލްޑިވްސް
ސިޔާސީ
މާލީ ބަޣާވާތް ކުރިކަމަށް ބުނާ ބޭންކް "ބީއެމްއެލް" ގެ އާ ބޯޑު އެކުލަވާލައިފި
Aishath Naja
އައިޝަތު ނަޖާ
21 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ބޯޑުގެ ޗެއާޕާސަނަކަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބް އައްޔަނުކޮށްފި އެވެ.

ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އަހްމަދު އަލީ ހަބީބްގެ އިތުރުން ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ އަލީ އިރުފާން އަދި ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު ވަނީ އައްޔަންކޯށްފައެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުން:

1. ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު

2. ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދު

3. ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާ

4. މ. އެމޭޒަން، ޑރ. މަރްޔަމް ސުޒީ އާދަމް

5. ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން

6. ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ:

1. ހއ. ފިއްލަދޫ، ކަރަންކާ ވިލާ، އަބްދުالله ނަސީމް

2. މ. ގަސީމް، މޫސާ ރަޝީދު

3. މ. ދާޝީން، ނަޖީމް އިބްރާހީމް ޒަކަރިއްޔާ

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އަދި ބޯޑު މެންބަރު އައިޝަތު ނޫރައްދީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ބީއެމްއެލްގެ ބޯޑް މެމްބަރު ސަޖުނީ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved