May 2, 2026
Advertisement
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ / މިސްބާހް | ތޭރަ އިމޭޖްސް

ރައީސް އޮފީހުގެ ޕްރެސް ޓީމަށް މަލީހު ފާޑު ވިދާޅުވެއްޖެ

Fathmath Reem
ފާތުމަތު ރީމް
Jan 31, 2024, 01:50 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގަައްޔޫމް މިނިވަން ކުރުމާ ގުޅޭ ގޮތުން ނޫސްވެރިން ކުރައްވާ ސުވާލުތަކަށް ރައީސް އޮފީހުގެ ޕްރެސް ޓީމުން ޖަވާބު ނުދެއްވާތީ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފޮރޮންޓް ( ޕީއެންއެފް ) އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް ފާޑު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ފާޑި ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރައްވާ ސުވާލު ތަކަށް ރައީސް އިފީހުގެ ޕްރެސް ޓީމުން ދޭ ނޯ ކޮމެންޓްކީ ރިޔާސީ އިންތިހާބުގެ ކޮންޓްރެކްޓާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި ހަމައެހެންމެ މި އަމަލުތަކަކީ އަޚްލާގީ އަދި ސުލޫކީ މިންގަޑާ ހިލާފު ކަމެއް ކަމަށާއި މީ ރައްޔިތުން ނުހަނު ކަންބޮޑުވާ ޖަވާބު ތަކެއް ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރަކީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވައުދެވެވަޑައިގެން އައި ސަރުކާރެއް ކަން ފާހަގަ ކޮށްލެެވެއެވެ. އެހެންނަމަވެސް އަދިއަދަށް ވެސް މިކަން ފުރިހަމަ ވެގެން ނުދާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ރައީސް އޮފީހުން ބާއްވާ ޕްރެސް ކޮންފަރެންސް ތަކުގައި ރައީސް ޔާމީން މިނިވަން ކުރުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އެއަށް އިޖާބަ ނުދޭ ކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved