February 23, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ރައީސް މުއިއްޒު ދައްކަވަނީ އިސްކޮޅާ ނުބައްދަލު ވާހަކަ: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 26, 2024, 06:57 PM
މާލެ ސިޓީ

‏ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަނީ އިސްކޮޅާ ނުބައްދަލު ވާހަކަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މުއިއްޒު ވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި ތަގްރީރުކުރައްވާފައެވެ. އެ ތަގްރީރުގައި ސެކިއުރިޓީ ކަައުންސިލްގައި ވީޓޯގެ ބާރު އުވާލަން ރަައީސް މުއިއްޒު ގޮވާލައްވާފައިވެއެވެ

މި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލު ވިދާޅުވީ', ތައީސް މުއިއްޒުގެ ވާހަކަފުޅާ މެދު އަޖައިބުވެ އަންތަރީސްވެއްޖެކަމަށެވެ.

އެގޮތުން ވެނެޒުއޭލާ އަދި ކިއުބާ ފަދަ ޤައުމުތަކުގެ ރައީސުން ދައްކާ ޒާތުގެ ވާހަދައްކަން ރާއްޖެއަށް އޮތީ ކޮން ހައިސިއްޔަތެއްތޯ ސުވާލުކުރައްވާ ޑރ. ޖަމީލު ވަނީ, އިސްކޮޅާ ނުބައްދަލު ވާހަކަ ރައީސް މުއިއްޒު ދެއްކުމުން މުއްސަނދި އަދި ނިއުކްލިއަރ ބާރުތައް ބިރުން ސިހޭނެތޯ ވެސް ސުވާލު ކުރައްވާފައެވެ.


މީގެ އިތުރުން 5 ލައްކަ މީހުންނަށް ކާން ނުދެވިގެން، ނާށިގަނޑު ހިފައިގެން ސަލާން ޖަހަމުން ރައީސް މުއިއްޒު ގެންދަވާއިރު، މިޒާތު ވާހަކަ ދެއްކެވުމުން ރައީސް މުއިއްޒަކީ  ތަޞައްރަފު ނުފުދޭ މީހެއް ގޮތުގައި ގިނަ ބަޔަކު ދެކޭނެ ކަމަށެވެ. އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން ތިބޭނީ ހޭންކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved