March 29, 2026
Advertisement
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ސަހްޔޫނީންގެ ޕާސްޕޯޓާ، އެމީހުންނަށް ވާގިވެރިވާ މުދާ އެތެރެކުރުން މަނާކުރުމަށްފަހު އދ ގައި ތަގްރީރުކުރެއްވިނަމަ ރައީސް މުއިއްޒު ޗެމްޕިއަނަކަށްވީސް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Sep 27, 2024, 04:41 AM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓާ، އެމީހުންނަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުން ރާއްޖެ އެތެރެކުރުން މަނާނުކޮށް ފަލަސްތީނުގައި ހިންގަމުން އަންނަ ގަތުލް އާންމު ކުށްވެރިކޮށް އދގެ މަޖިލީހުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ތަގްރީރު ކުރެއްވުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އދ ގެ 79 ވަނަ އާންމު އަދި ސަލާމަތީ މަޖިލީހުގައި ރައީސް މުއިއްޒު ފަލަސްތީނުގެ ވާހަކަދެއްކެވި އިރު އެތަން އޮތީ ހުސްކޮށްކަމަށެވެ. އެ ވާހަކަ އެތަނަށް ގޮސް ދެއްކުމުގެ ކުރިން ސަހްޔޫނީންގެ ޕާސްޕޯޓާއި އެމީހުންނަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުން ރާއްޖެ އެތެރެކުރުން މަނާކުރިނަމަ މިއަދު ރަައީސް މުއިއްޒު ވެގެންދާނީ ޗެމްޕިއަނަކަށްކަމަށެވެ.

ސަލާމަތީ މަޖިލީހަށް އަޅުގަނޑުމެންގެ ވެރިޔަކު ވަޑައިގެން، މިއީ ކުޑަކުޑަ ދައުލަތުގެ ވެރިޔެއް. ޝައްކެއް ވެސް ނެތް. ބްރޭވް، އެކަމަކު ކާކުތައް އަޑުއަހަން ހުރީ. މުޅި އޮޑިޓޯރިއަމް އޮތީ ހުސްކޮށް

ރައީސް ޔާމީން ވިދާޅުވެއެވެ

ފަލަސްތީނުގައި ނަސްލެއް ނައްތާލަމުންދާއިރު ވެސް ގަރާރަކުން މަނާކުރެވެން އޮތް ޕާސްޕޯޓް މަނާނުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން އުޅޭތާ 3 މަހަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށް ވިދާޅުވެ އެކަމަކީ ދުނިޔޭގެ އެންމެނަށް ވެސް އެނގޭކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved