ހުރިހާ ކަމެއްވެސް ކުރަމުން އެދަނީ ކޯޓު ތަކަށް އައިތް ބާނައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް ) އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަހުމަދު މިފަދައިން ވިދާޅުވެފައި ވަނީ ޗެނަލް 13 އިން ގެނަސްދޭ ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.
އަހުމަދު ވިދާޅުވީ ހުރިހާ ކަމެއްވެސް ކުރަމުން އެގެންދަނީ ކޯޓު ތަކަށް އަތް ބާނައިގެން ކަމަށާއި އެހެން ނޫންނަމަ މިއަދު ހުންނާނީ ރައީސް ޔާމީންގެ ފަހު އަޑުއެހުން ނިމި މިނިވަން ވެފައި ކަމަށެވެ.
ކޯޓުތަކަށް ހަމަ ސީދާ އަތްބާނައިގެން ހުރިހާ ކަމެއްވެސް އެކުރަނީ އެހެން ނޫންނަމަ މިހާރު ރައީސް ޔާމީންގެ ފަހު އަޑު އެހމުގެ މައްސަލަ އިންނަން ޖެހޭނީ ނިމިފަ
މީގެ އިތުރުން އަހުމަދު ވިދާޅުވީ މި ސަރުކާރުގަ ރަގަނޅު ކުރަންޖެހޭ އެތައް ބައިވަރު ސިފައެއް އެބަ ހުރި ކަމަށެވެ.
އޭގެ ތެރޭގައި ރައީސް ޔާމީން މިނިވަން ކުރުމުގެ މައްސަލަ އެއީ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އަހުމަދު ވަނީ ފާހަގަ ކުރައްވާފައެވެ.
ޑރ މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ރައީސް ޔާމީން މިނިވަން ކޮށްދޭނެ ކަމުށް ވައުދުވެ ވަޑައިގެން އެހެން ނަމަވެސް އަދި އަދަށް ވެސް އެކަން ފުރިހަމަ ވެފައި ނުވާތީ ގިނަ އަދަދެއްގެ ރައްޔިތުންވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.