March 12, 2026
Advertisement
އެމްއޭސީއެލް
އެމްއޭސީއެލް / ހުރިހާ.އެމްވީ

ޕީސީބީގެ އެންގުމާ ހިލާފަށް އެމްއޭސީއެލްއިން މި މަހުވެސް މުސާރަ ދިނީ ޑޮލަރުން!

Aishath Naja
އައިޝަތު ނަޖާ
Sep 30, 2024, 05:01 PM
މާލެ ސިޓީ

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވަނިކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި މަހުވެސް ޑޮލަރުން މުސާރަ ދިންކަން ހާމަވެއްޖެ އެވެ.

Advertisement

އެމްއޭސީއެލްގެ މުވައްޒަފުންނަށް މުސާރަ އަދި ބޯނަސް ޖަމާކޮށްދީފައި ވަނީ އިއްޔެއެވެ. އެގޮތުން މުސާރަ ދީފައި ވަނީ އެއްބައި ޑޮލަރުންކަމަށް އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ވަނީ ތޭރައޮންލައިން އަށް ކަށަވަރުކޮށްދެއްވާފައެވެ.

ސަރުކާރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަންގާ ޕީސީބީން ސާކިއުލާއެއް ނެރުނީ މި މަހު ތިނެއްގަ އެވެ.

އެގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ހަރަދު ކުޑަކުރުމަށް އަޅަން އެންގި ފިޔަވަޅުތަކުގެ ތެރެއިން ހަތަރުވަނައަށް ޕީސީބީން އަންގާފައިވަނީ ޑޮލަރުން ޑޮލަރުން އާމްދަނީ ލިބޭ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަ ދެނީ އެމްއޭސީއެލް އިން އެކަންޏެވެ.


ޕީސީބީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމްއޭސީއެލްގައި ޖުމްލަ 4،264 މުވައްޒަފުން އެބަ ތިއްބެވެ.

ހަރަދު ކުޑަކުރުމަށް އަންގާފައިވަނިކޮށް އެމްއޭސީއެލް އިން އެ އެންގުމާ ހިލާފުވި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައި ނުވެ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved