April 14, 2026
Advertisement
ބީއެމްއެލް
ބީއެމްއެލް / ސޯޝަލް މީޑިއާ

މާލީ ބަޣާވާތް ކަމަށް ބުނިތާ މަސް ދުވަސް: އެއްވެސް އަޕްޑޭޓެއް ނެތް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 30, 2024, 07:36 PM
މާލެ ސިޓީ

ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދިވެހި ފުލުުހުންގެ ހިދުމަތުން ފަށާފައިވާ ތަހުގީގާ ގުޅޭ އެއްވެސް އަޕްޑޭޓެއް ނެތް ކަމަށް އެ ހިދުމަތުން ބުނެފިއެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް މާލީ ބަގާވާތާ ގުޅިގެން އެއްވެސް އަޕްޑޭޓެއް ނެތް ކަމަށާއި އެއްވެސް މީހަކާ މިހާތަނަށް ސުވާލު ވެސް ކޮށްފައި ނުވާ ކަމަށެވެ. ފުލުހުން މިފަދައިން ހާމަކޮށްފައިވާއިރު، ފުލުހުން ސެޕްޓެމްބަރު 18، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ބައެއް މައުލޫމާތުތައް ހޯދައި އެއްކޮށް ކްރިމިނަލް ޕްރޮސީޑިންއެއް ގެންދެވޭނެ މިންވަރަށް އެކަންކަން ފުރިހަމަވޭތޯ ބަލަމުންދާ ކަމަށެވެ.

މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނެ ފުލުހުން މީގެ މަސް ދުވަސް ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބީއެމްއެލް އިން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި، އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލައި، މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މާލީ ބަގާވާތަށްފަހު ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމަކް ރާއްޖޭން ބޭރުގައި ހުންނަވައި އިސްތިއުފާ ވަނީ ދެއްވާފަ އެވެ. އަދި ރައީސް މުއިއްޒު ވަނީ ސިޔާސީ ބޭފުޅުން އައްޔަންކޮށް ބޭންކުގެ ބޯޑު އެކުލަވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved