February 22, 2026
Advertisement
މަޓީގެ އެސްޖީ
މަޓީގެ އެސްޖީ / މަޓީ

ސަރުކާރުގެ ނިންމުމާ ދެކޮޅަށް މަޓީއިން ތެދުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 3, 2024, 06:45 PM
މާލެ ސިޓީ

ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރެވޭނެ ނިޒާމެއް ގެންނަން މަރުކަޒީ ބޭންކުން މަސައްކަތް ކުރިނަމަވެސް، އެފަދަ ނިޒާމެއް ތައާރަފު ކުރަން ރިސޯޓު އޯނަރުންގެ ޖަމްއިއްޔާއިން ދެކޮޅު ހަދައިފިއެވެ.

Advertisement

މަރުކަޒީ ބޭންކުން ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދު އާއި މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދެއް ހަދައި އާއްމުކޮށްފައެވެ.

އެ ގަވާއިދު އާއްމު ކުރުމުގެ ކުރިން މަރުކަޒީ ބޭންކުން ވަނީ ޓުއަރިޒަމް ތަމްސީލް ކުރާ ގިނަ ޖަމްއިއްޔާތަކާއެކު މަޝްވަރާކޮށްފައިކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ނަމަވެސް މަޓީއިން އެ ގަވާއިދާ ބެހޭ ގޮތުން ނެރުނު ނޫސް ބަޔާނުގައި ބުނީެފައިވަނީ ގަވާއިދު ނެރުމުގައި ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރި ކަމަށް ބުނި ނަމަވެސް އެކަން ހިނގާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނި ގޮތަށް ނޫން ކަމަށް ހިތާމައާއެކު ފާހަގަ ކުރާ ކަމަށެވެ.

ރާއްޖޭގައި ތިބި ޓޫރިސްޓް ރިސޯޓްތަކުގެ ގިނަ އޯނަރުން ހިމެނޭ މި ޖަމްއިއްޔާއިން ބުނީ އެ ޖަމްއިއްޔާއާއެކު ސަރުކާރުން ބޭއްވި ބައްދަލުވުމުގައި ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ހިމަނަން އެމްއެމްއޭއިން ހުށަހަޅާފައިވާ ހުށަހެޅުން ތަކަކީ އެ ޖަމްއިއްޔާއަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫންކަމަށް ވެސް ބައްދަލުވުމުގައި ބުނެފައިވާނެ ކަމަށެވެ.

މީގެ އިތުރުން ގަވާއިދު ގެޒެޓް ކުރިއިރު އެ ޖަމްއިއްޔާ އިން ހުށަހެޅި އެއްވެސް ކަމަކަށް ސަރުކާރުން އިޖާބަދެއްވާފައި ނުވާކަންވެސް މަޓީގެ ކުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނޫސް ބަޔާން ނިންމާލަމުން މަޓިއިން ބުނެފައިވަނީ ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވާން އެ ޖަމްއިއްޔާއިން ތައްޔާރަށް އޮތް ވާހަކަ ދަންނަވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved