April 9, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް

ޚަރަދު ކުޑަނުކޮށް ސަރުކާރުން އުޅެނީ ކަނޑުން ދިޔަ ހިއްކަން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 4, 2024, 06:33 PM
މާލެ ސިޓީ

ޚަރަދު ކުޑަނުކޮށް ސަރުކާރުން އުޅެނީ ކަނޑުން ދިޔަ ހިއްކަން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިން ރިޒޯޓުތަކަށް ލިބޭ އާމްދަނީގެ ޑޮަލރު ދިވެހި ބޭންކުތަކުން މާރުކުރުމަށް ސަރުކާރުން އަންގާފައިޥާއިރު ސަރުކާރުގެ ޚަރަދުތައް ކުޑަކުރާ މަންޒަރު ނުފެނެއެވެ. އެގޮތުން ގައުމުން ބޭރުގައި ޑިޕްލޮމެޓީކް މިޝަންތަކުގައި ތިއްބެވި މުވައްަފުންނާ ސިޔާސީ ބޭފުޅުންގެ އަދަދު މަދުނުކުރާއިރު އެއީ ވެސް ގައުމުން ކޮންމެ މަހަކު ބޭރުވެގެން ދާ އެތައް ޑޮލަރެއްކަން ފާހަގަކޮށްލެވެއެވެ.

މިކަންކަމަށް އިޝާރާތްކުރައްވާ މަލީހުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ބޭކާރު ޚަރަދު ކުޑަނުކޮށް އުޅެނީ ކަނޑުން ދިޔަ ހިއްކަން ކަމަށެވެ. ބެލެވޭ ގޮތުގައި މަލީހު އެ ވިދާޅުވަނީ ސަރުކާރުން ޑޮލަރުގެ ކަންކަން ހައްލުކުރަން އެޅެން ހުރި ފިޔަވަޅުތައް ނާޅާ އެހެން މީހުން ފަހަތުން ޑޮލަރުގެ މައްސަލަ ހއްލުކުރަން ދުވާތީއެވެ.

މީގެ އިތުރުން ސަރުކާރުގެ ބޭކާރު ޚަރަދު ކުޑަކޮށް ޕްރޮފެޝަނަލްސްއަށް ޖާގަ ދެވިގެން ބޭނުންވާ އެންމެ މަދު މިންވަރަށް ދިވެހި މިޝަންތަކަށް މުވައްޒަފުން ފޮނުވުމަކީވެސް ސަރުކާރަށް ކުރެވޭނެ ކަންކަން މަލީހު ފާހަގަކުރައްވާފައިވެއެވެ. އަދި އެޑޮލަރު ކޮޅު ދިވެހި ކިޔަވާ ކުދީންނަށް ފޮނުވަންވީނުންތޯ އަްްސަވާ މަލީހު ވަނީ ސުވާލެއް ސަރުކާރަށް އަމާޒުކުރައްވާފައެވެ.

މަލީހު މިފަދައިްނ ވިދާޅުވެފައިވާއިރު. މަރުކަޒީ ބޭންކުން ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދު އާއި މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދެއް ހަދައި އާއްމުކޮށްފައެވެ.

އެ ގަވާއިދު އާއްމު ކުރުމުގެ ކުރިން މަރުކަޒީ ބޭންކުން ވަނީ ޓުއަރިޒަމް ތަމްސީލް ކުރާ ގިނަ ޖަމްއިއްޔާތަކާއެކު މަޝްވަރާކޮށްފައިކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. ނަމަވެސް އެންމެ ގިނަ ރިޒޯޓު އޯނަރުންހިމެނޭ މަޓީއިން ވަނީ އެއަށް އަމަލުކުރުމަށް ދެކޮޅު ހަދާފައެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved