April 3, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް، އިލެކްޝަންސް ކޮމިޝަނުގައި
މުހައްމަދު މަލީހު ޖަމާލް، އިލެކްޝަންސް ކޮމިޝަނުގައި / ތޭރަ އޮންލައިން

ރައީސް މުއިއްޒަކީ ދޮގާ މަކަރުގެ ބޮޑެއްކަން ދަނީ ހާމަވަމުން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 8, 2024, 06:52 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒަކީ ދޮގާ މަކަރާ އޮޅުވާލުމުމުގެ ބޮޑެއްކަން ހާމަވަމުންދާ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު، މިއި މިހާތަނަށް ރައްޔިތުންގެ އިތުބާރު އެންމެ އަވަހަށް ގެއްލުނު ވެރިކަން ކަމަށް ވިދާޅުވެފައިވާކަމަށް ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓާ އެކު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، ރައީސް މުއިއްޒަކީ ދޮގާ މަކަރާ އޮޅުވާލުމުމުގެ ބޮޑެއްކަން ހާމަވަމުން މިހާރު އެބަ ދާ ކަމަށާ ރައީސް މުއިއްޒަކީ މިހާރު ޗޮއިސްއެއް ނޫން ކަމަށެވެ.

މީގެ އިތުރުން މިހާރު ރައްޔިތުން ބޭނުންވަނީ ރައީސް މުއިއްޒު ނޫން ގޮތެއް ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުގެ ބަހާ އަމަލާ ދިމާނުވާކަމަށް ބުނެ ގިނަ ރައްޔިތުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved