March 23, 2026
Advertisement
ރައީސް މުއިއްޒު މޯދީއާއެކު
ރައީސް މުއިއްޒު މޯދީއާއެކު / ރައީސް އޮފިސް

އިންޑިޔާގެ ފައިބުޑަށް ވެއްޓި ސަލާން ޖެހުމުން ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް!

Aishath Naja
އައިޝަތު ނަޖާ
Oct 9, 2024, 04:23 PM
މާލެ ސިޓީ

ރަސްމީ ދަތުރުގެ ނަމުގައި އަވައްޓެރި އިންޑިޔާއަށް ވަޑައިގެން އިންޑިޔާގެ ސަރުކާރު ކުރިމަތީ ކުޑަކަކޫ ޖަހައި މާލީ އެހީއަށް އެދި ސަލާން ޖެހުމުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އާންމުން ފާޑުކިޔަން ފަށައިފިއެވެ.

Advertisement

މީސްމީޑިޔާގައި ދައުރުވަމުން އަންނަ ޕޯސްޓްތަކުގައި ވާގޮތުން ރައީސް މުއިއްޒު އިންޑިޔާގެ ކުރިމަތީ ކުޑަކަކޫ ޖެހީ އިތުރު ގޮތެއް ނެތިގެންނެވެ.

މި އަހަރުގެ ކުރީ ކޮޅު ސަރުކާރުގެ 3 ނައިބު ވަޒީރުން އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދަރ މޯދީއަށް ފުރައްސާރަ ކުރުމާއެކު އިންޑިޔާއިން ވަނީ "ބޮއި ކޮޓް މޯލްޑިވްސް" ގެ ނަމުގައި ކެމްޕެއިނެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އަދި އިންޑިޔާގެ ރައްޔިތުންގެ ފަރާތުން އޭރު އަމާޒުވަމުން ދިޔަ ބަހުގެ ހަމަލާތަކަށް ރައީސް މުއިއްޒު ވަނީ ރައްދުވެސް ދެއްވާފައެވެ.

ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާފައި އެެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ އަހަރެެމެންގެ ގައުމު ކުޑަވިޔަސް ގަނާކޮށްގެން ނުވާނެކަމަށެވެ. އަދި އިންޑިޔާއާއެކު ގުޅުން ބަދަހިނުކޮށް އަވައްޓެރި އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރާނެކަމަށެވެ.

ރައީސް މުއިއްޒު އެހެން ގައުމުތަކާ ގުޅުން ބަދަހިކުރާނެކަމަށް ވިދާޅުވި ނަމަވެސް ވެރިކަމަށް 10 މަސްވެގެންދިޔަ އިރުވެސް އެއްވެސް ގައުމަކުން ލޯ ލާރީގެ އެހީ ވެސް ލިބިފައި ނުވާކަމަށް ރައްޔިތުން މީސްމީޑިޔާގައި ކޮށްފައި ހުރި ޕޯސްޓްތަކުގައި ވަނީ ބުނެފައެވެ.

އޭގެއިތުރުން ރައީސް މުއިއްޒަކީ އިންޑިޔާ އައުޓް ކެމްޕެއިންގައި އިސްކޮށް އުޅުއްވި ފަރާތެއް ކަމަށާއި މިއަދު އެ ނެންގެވީ ޔޫޓާނެއް ކަމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ކުރީ ސަރުކާރުން އިންޑިޔާއާއެކު އެއްބަސްވުންތައް ހަދާފައި ހުރުމުން އެކަމަށް ފާޑުވިދާޅުވި ނަމަވެސް މިހާރު އެއްބަސްވުންތައް އައުކޮށް އިތުރު އެއްބަސްވުންތައް ހެދުން އޯކޭތޯ އަހާ ގިނަ ފަރާތްތަކުން ވަނީ ސުވާލުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved