February 22, 2026
Advertisement
އެމްއެމްއޭ
އެމްއެމްއޭ / ސޯޝަލް މީޑިއާ

ބޭނުންކުރެވޭ ރިޒާވު އަނެއްކާ ވެސް 50 މިލިއަން ޑޮލަރުން ދަށަށް

Aishath Naja
އައިޝަތު ނަޖާ
Oct 9, 2024, 09:11 PM
މާލެ ސިޓީ

އޮގަސްޓު މަސް ނިމުނުއިރު ބޭރު ފައިސާ ރިޒާވުގައި ހުރި ފައިސާ އިތުރުވުމަށް ފަހު، މި ނިމުނު މަހު ޖުމްލަ ރިޒާވާއި ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ ވެސް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

Advertisement

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ގްރޮސް އިންޓަނޭޝަނަލް ރިޒާވުގައި ހުރީ 322 މިލިއަން ޑޮލަރެވެ.

މިއީ އޭގެ ކުރީ މަހަށް ވުރެ 72 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

އެގޮތުން ޖުމްލަ ރިޒާވުގައި ހުރި އަދަދުގެ ތެރެއިން ކަނޑަންޖެހޭ ބައިތައް ކެނޑުމުން ބޭނުންކުރެވޭ ރިޒާވުގައި ހުރީ 49 މިލިއަން ޑޮލަރެވެ. މިއީ އޮގަސްޓު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރި 61 މިލިއަން ޑޮލަރަށް ވުރެ 12 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މިއީ މަހެއްގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ މަދު، ކިރިޔާ ފަރުޖައްސައިލެވޭ ވަރުގެ ފައިސާ އެ

މިދިޔަ މަސް ނިމުނުއިރު ރިޒާވު ދަށްވީ ނަމަވެސް، މި ހިނގާ މަހުގެ ތެރޭގައި ރިޒާވުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އެމްއެމްއޭ އިން ކުރިން ބުނި ގޮތަށް އިންޑިއާގެ ސެންޓްރަލް ބޭންކު، ރިޒާވު ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ހަމަޖައްސަން އުޅުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގައި ހޯމަ ދުވަހު ސޮއިކުރުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved