ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިރޭގެ މެންދަމު 12 އާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓު) އޮފީހުން ނެރުނު ސަމާލުގައި ބުނެފައިވަނީ ސަމާލު ނެރެފައި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށަ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ސަމާލު ނެރެފައިވަނީ މިއަދުގެ އިރު އޮއްސި 6:00 އިން މެންދަމު 12:00ގެ ނިޔަލަށެވެ.
White Alert for heavy rain and thunderstorms. pic.twitter.com/4d3I5r6B0k
— Maldives Meteorology (@MetMaldives) October 9, 2024
ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓުން. މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:30 އާއި ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވެއެވެ.
މާދަމާ ހެނދުނު 10:00 އާ ހަމައަށް މެޓުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވާކަމަށް ލަފާކުރެވޭއިރު ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 5 - 8 ފޫޓާ ދެމެދުގައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.