މޫސުން ގޯސްވެ އުތުރާ މެދު ރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލިޖަލް ސެންޓަރ (މެޓު) އިން ނެރުނު މި ސަމާލުގައި ބުނެފައިވަނީ ސަމާލު ނެރެފައިވާ ގަޑިތަކުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދުގެ 11:00 އިން މެންދުރު ފަހު 3:00ގެ ނިޔަލަށެވެ.
Yellow Alert extended over northern and central area.
— Maldives Meteorology (@MetMaldives) October 10, 2024
All are advised to be cautious! pic.twitter.com/eI4zyCRtpN
މެޓުން އާންމުކޮށްފައިވާ ޑޮޕްލަރ ވެދާރ ރާޑަރުގެ ފޮޓޯއަކުން ވެސް ދައްކާ ގޮތުގައި ބާރު ވަޔާ އެކު ކޮޅި ގަނޑުތަކެއް ރާއްޖޭގެ ދެކުނުން އުތުރަށް މިސްރާބު ޖަހާފައިވެއެވެ. އަދި އެ ކޮޅިގަނޑުގެ އަސަރު މެދު ރާއްޖެތެރެއަށް ވެސް ކުރާނެއެވެ.
Strong convective clouds with gust winds are moving from west to east over Central Maldives area.
— Maldives Meteorology (@MetMaldives) October 10, 2024
11:05am image from Doppler weather radar at Hulhule' pic.twitter.com/LUSdlUoC8l
މެޓުގ ެރިކޯޑްސްތަކުން ދައްކާ ގޮތުގައި ރޭ ފަތިހު މާލެ ސަރަހައްދަށް ވިލާގަނޑުގައި ވަރަށް ބާރަށް ވައިޖެހުނެވެ. އެގޮތުން ފަތިހު 5:40 ހާއިރު 58 މޭލަށް ވައިގަދަވިއެވެ. އަދި މާދަމާ ފަތިހު ވެސް ވައި ވަރަށް ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
މެޓުން ހާމަކުރާ ގޮތުގައި މިހާރު ކުރަމުން މިދަނީ ހުޅަނގު މުސުމުގެ ވިއްސާރައެވެ.