March 23, 2026
Advertisement
ރައީސް މުއިއްޒު މޯދީއާއެކު
ރައީސް މުއިއްޒު މޯދީއާއެކު / ރައީސް އޮފިސް

އިންޑިޔާގެ މީޑިޔާތަކުން ރައީސް މުއިއްޒު ސިފަކުރެއްވީ "އިންޑިޔާ އައުޓް" ރައީސްގެ ގޮތުގައި!

Aishath Naja
އައިޝަތު ނަޖާ
Oct 10, 2024, 08:42 PM
މާލެ ސިޓީ

ރައިސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ކަވަރު ކުރަމުންދާ އިންޑިއާގެ މީޑިއާތަކުން އެމަނިކުފާނޔ ”އިންޑިއާ އައުޓް ރައީސް“ގެ ގޮތުގައި ސިފަކޮށްފި އެވެ.

Advertisement

އިންޑިޔާގެ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުން ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ, ހާލުގައި ޖެހި އެއްވެސް ގޮތެއްނެތުުމުން ސަލާންޖަހާށެވެ.

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަރަންސީ ސްވޮޕްގެ އެއްބަސްވުމެއްގައި އިންޑިއާއާއި ރާއްޖެއިން ސޮއި ކޮށްފައިވާކަން އިންޑިއާގެ މީޑިއާތަކުން ފާހަގަ ކޮށްފައިވެއެވެ.

އަދި ރައީސް މުއިއްޒުއަށް ހަގީގަތާއި ކުރިމަތިލައްވަން އެނގިވަޑައިގަތީ, ރާއްޖޭގެ ރިޒާވް އިންތިހާއަށް ދަށްވެ, ގައުމު ދަރަނިވެރިވަ, ދަރަނިން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ އިންޑިއާގެ އެހީތެރިކަން ހޯދުންކަމަށް ވެސް ވަނީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ރައީސް މުއިއްޒު އިންޑިޔާއަށް ސަލާންޖަހަން ވަޑައިގަތުމުން އެ ގައުމުގެ ރައްޔިތުން އަދި މީޑިޔާތަކުން އަންނަނީ މަލާމާތްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved