March 10, 2026
Advertisement
އަޒާން
އަޒާން / ރައްޔިތުންގެ މަޖިލިސް

ދިވެހި ސިފައިންނަށް ޑޯނިޔާ ދުއްވަން ނުދޭ ސަބަބު އެނގެން ދިވެހިން ބޭނުންވާކަމަށް އަޒާން ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Oct 14, 2024, 09:30 AM
މާލެ ސިޓީ

ތަމްރީނު ހެދި ދިވެހި ސިފައިންނަށް ޑޯނިޔާ ދުއްވަން ނުދޭ ސަބަބު އެނގެން ދިވެހިން ބޭނުންވާކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

Advertisement

ޑޯނިއާ އަސްކަރީ މަތިންދާބޯޓު ދުއްވަން ތަމުރީނުކުރި ދިވެހި ސިފައިން އެ އުޅަނދު ނުދުއްވާ ސަބަބު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ސިއްރު ކުރަން އެމްއެންޑީއެފް އިން ހައި ކޯޓަށް ދިޔުމުން އެކަމާ ގުޅިގެން އަޒާން ވަނީ ފާޑުވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން އަޒާން ވިދާޅުވީ މިކަން މިހެންވީ ސަބަބު އެނގެން ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންވާކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ ކަމެއްކަމަށް ވެސް އަޒާން ވަނީ ވިދާޅުވެފައެވެ.

އަޒާން އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމްގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި އެންމެ ބޮޑު އެއް ސަބަބަކީ މިކަހަލަ ރައްޔިތުންނަށް އެނގެންޖެހޭ ކަންކަން ފޮރުވުންކަމަށް ވިދާޅުވެ އަޒާން ވަނީ ޑިފެންސް މިނިސްޓްރީގެ އެ އަމަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭގެއިތުރުން އަޒާން ވަނީ ޑިފެންސް މިނިސްޓްރީން މައުލޫމާތު ސިއްރުކޮށްގެން އުޅޭތީ އެ ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދުކުރާކަމަށް ވެސް ފާހަގަކުރައްވާފައެވެ.

ޑޯނިއާ ދުއްވަން ތަމުރީނުކުރި ދިވެހި ސިފައިން އެ އުޅަނދު ނުދުއްވާ ސަބަބު ހާމަނުކޮށް ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރުމާއި ގުޅިގެން އަޒާންގެ އިތުރުން ގިނަ ބަޔަކު އަންނަނީ ޑިފެންސް މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved