ރައީސް މުއިއްޒު / ސޯޝަލް މީޑިއާ
ސިޔާސީ
ޓެކްސް ބޮޑުކުރަން ނިންމުން ރައީސް ޔާމީންގެ ފާޑުކިޔުން މުއިއްޒަށް!
Aishath Naja
އައިޝަތު ނަޖާ
15 އޮކްޓޯބަރު 2024
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި ޚިލާފުވެ، އަންނަ ޑިސެމްބަރު މަހުން ފެށިގެން ޓެކްސްތައް ބޮޑު ކުރަން ނިންމެވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އޭރު ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ ޓެކްސް ރޭޓަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. ގެންނަވާނެ ބަދަލަކީ ޓެކްސް ބޭސް ބޮޑުކުރުންކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޓެކްސް ބޭސް ބޮޑުކުރަން ރައީސް މުއިއްޒު ވިދާޅުވުމުގެ މާނައަކީ ރިސޯޓްތައް އިތުރުވުމުން ކޮންމެ ރިސޯޓަކުން ލިބޭ ޓެކްސް ދެ ރިސޯޓުން އިތުރުވުމެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެއްވެސް ރިސޯޓެއް އިތުރަށް ތަރައްގީ ކުރަން، ނުވަތަ ޑިސްޓްރެސްގައި އުޅޭ ރިސޯޓެއް އެއަށް ވުރެ ރަނގަޅު ކުރަން ނުވަތަ ނުނިމި ހުރި ރިސޯޓްތައް ތަރައްގީ ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެއްވެސް ރިސޯޓެއް އިތުރަށް ތަރައްގީ ކުރަން، ނުވަތަ ޑިސްޓްރެސްގައި އުޅޭ ރިސޯޓެއް އެއަށް ވުރެ ރަނގަޅު ކުރަން ނުވަތަ ނުނިމި ހުރި ރިސޯޓްތައް ތަރައްގީ ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ

- ރައީސް ޔާމިން ވިދާޅުވިއެވެ.

ސަރުކާރުން މިހާތަނަށް ކުރި ހުރިހާ ކަމަކީ ނުކުރާނަމޭ ބުނި ހުރިހާ ކަމެއް ކުރުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން 6 ޑޮލަރަށް އިން ގްރީން ޓެކްސް ވަނީ 12 ޑޮލަރަށް ބޮޑުކޮށްފައި ކަމަށާއި އެއާޕޯޓް ޑެވަލޮޕްމަންޓް ރޭޓް ވެސް 50 ޑޮލަރަށް ވަނީ ޖައްސާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ސަރުކާރުން މަސައްކަތް ކުރަނީ އާންމު ރަެއްޔިތުންނަށް އުނދަގޫވާހެންކަމަށް ވިދާޅުވެ ނުރުހުންފާޅުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved