މޯލްޑިވްސް ޕޮލިސް ސާރވިސް / އެޑިޝަން.އެމްވީ
ހަބަރު
ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
Aishath Naja
އައިޝަތު ނަޖާ
01 ފެބްރުއަރީ 2024
މާލެ ސިޓީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިކަން ފުލުހުން އަދި ހާމަކޮށްފައިނުވެއެވެ.

ބުދަ ހެނދުނު ޝަމީމަށް ހަމަލާ ދީފައި ވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ.

ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި، ފަރުވާ ދީފައިވެއެވެ.

ފުލުހުން ބުނީ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މޫނު ނިވާކޮށްގެން ތިބި ދެމީހުން ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved