April 19, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ސޯޝަލް މީޑިއާ

އެޗްޑީސީއަކީ އެމްޕީއެލް ފިޔަވާ އެންމެ ކޮރަޕްޓް ކުންފުނި: މަލީހް

Aishath Naja
އައިޝަތު ނަޖާ
Oct 19, 2024, 07:51 PM
މާލެ ސިޓީ

އެމްޕީއެލް އަށްފަހު ދެން އެންމެ ބޮޑަށް ކޮރަޕްޓްވެފައި ވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދަޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ ކަންކަން ރަނގަޅުކުރަން ވަޢުދުވެ އައި ސަރުކާރުން ފެންނަނީ ވައްކަމާއި ކޮރަޕްޝަނާއި ރައްޔިތުންނަށް ޚިޔާނާތްތެރިވަމުންދާ މަންޒަރުކަމަށެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އޭނާގެ އަންހެނުންނަށް ހާއްސަ އުސޫލެއްގެ ދަށުން ބިން ވިއްކި މައްސަލައާ ގުޅިގެން މީސްމީޑިޔާގައި އޭނާގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވަމުން އަންނާތީ މަލީހް ވިދާޅުވީ އެހެންވީމަ އިސްތިއުފާއަށް ވެސް ގޮވާނެކަމަށެވެ.

ކޮރަޕްޝަން ހިންގަންޏާ ފާޑުވެސް ކިޔާނެކަމަށް މަލީހް ޕޯސްޓްްގައި ވަނީ ފާހަގަކުރައްވާފައެވެ. އެޗްޑީސީ ވެފައި ވަނީ އެމްޕީއެލް ފިޔަވާ އެންމެ ކޮރަޕްޓް ކުންފުންޏަށް ކަމަށް ރައްޔިތުން ކިޔާކަމަށް ވިދާޅުވެ މަލީހް ވަނީ ފަޒުލް އަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved