April 13, 2026
Advertisement
ޑރ. ޖަމީލު
ޑރ. ޖަމީލު / ތޭރަ އޮންލައިން

ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގައި މުއިއްޒު ދައްކަަނީ ބަހާއި އަމަލާ ދިމާނުވުމުގެ ނަމޫނާ: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 20, 2024, 05:41 PM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަަވަނީ ބަހާއި އަމަލާ ދިމާނުވުމުގެ ނަމޫނާއެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ނުރުހުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ. ޖަމީލު މިފަދައިން ނުރުހުން އަމާޒުކުރައްވާފައިވަނީ ސަހްޔޫނުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާއެއްގައި ޣައްޒާގެ 73 މީހަކު ޝަހީދުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެ އަދި ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކޮަށްފައިވާ ޚަބަރެއް ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ ޖަމީލު ވިދާޅުވީ، މިއީ މިއަދު އިންސާނީ ޙައްގު ގަބޫލުކުރާ އެއްވެސް ބަޔަކަށްވެސް ބަލައިގެން ތިބެވޭވަރުގެ އަނިޔާތަކެއް ނޫންކަމަށެވެ. އެހެންކަމުން އެންމެ ކުޑަމިނުން ފަލަސްތީނުގެ މިރައްޔިތުންގެ ޙައްގުގައި، ސަހްޔޫނީންގެ މީހުން މިގައުމަށް އައުން މަނާކުރަންޖެހޭ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން ސަހްޔޫނީންނަކީ ޓެރަރިޒަމްގެ އަމަލު ހިންގާ ގައުމެއްކަމަށާ މިވާހަކަ ދައްކާ މީހުން ކުށްވެރި ކުރުމުގެ ބަދަލުގައި ރައީސް މުއިއްޒުވީ އެކަން މަނާކުރަން ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ކިބައިން މިކަމުގައިވެސް މިދެއްކީ ބަހާއި އަމަލާ ދިމާނުވުމުގެ ނަމޫނާކަމަށާ މުސްލިމުންތަކެއް މިގޮތަށް ނައްތާލާއިރު މިތަދު އިޙްސާސް ނުވާނީ ދީނަށާ އަދި އިންސާނިއްޔަތަށް ވެސް ކުލުނެތް ނެތް މީހަކަށްވުމުން ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން މިދިޔަ ސަރުކާރުން ފޮނުވި ބިލު ކެންސަލްކޮށް އަލުން މި ސަރުކާރުން ބިލެއް ފޮނުވިނަމަވެސް އެ ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެން ގޮސް، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ 241 ކޮމިޓީގައި ވަނީ ޕާކުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved